ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ތާއީދުކުރައްވަނީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ޖަހައިގައި ޕީޕީއެމް މެންބަރުންނާއި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރައީސް މައުމޫން ހިތާއި ރޫހުން ތާއީދުކުރައްވަނީ ޔާމީނަށް ކަމަށެވެ.
ނިހާން ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް އަބްދުﷲ އަށް ތާއީދުކުރައްވާކަން ފާޅުގައި ރައީސް މައުމޫން ވިދާޅުނުވި ކަމުގައިވިޔަސް އެފަހަރު ރައީސް މައުމޫން ތާއީދުކުރެއްވީ އަބްދުއްރަހީމް އަބްދުﷲ އަށް ކަމަށެވެ.
ހަމައެގޮތަށް މިފަހަރުވެސް ރައީސް މައުމޫން ފާޅުގައި ޔާމީނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުނުވަނީ ޕާޓީގެ މަސްލަހަތަށްޓަކައި ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގުނު ޕީޕީއެމް ކޮންގްރެސް ނިންމުމަށްފަހު އެރޭގެ ގިނައިރުތަކެއް ވަންދެން ރައީސް މައުމޫން ގޭގައި ކީރިތިކުރައްވަން ހުންނެވިކަން، އެއީ އަބްދުއްރަހީމް އަބްދުﷲ ހޮވިވަޑައިނުގެންނެވީމަ، ރައީސް މައުމޫނަށް އެނގިވަޑައިގަންނަވާ އެއީ ޕާޓީއަށް ކިހާ މުހިންމު ބޭފުޅެއްކަން." ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ މިފަހަރު ރައީސް މައުމޫން ހިތުގައި ނުޖެއްސެވުމަށް ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވީ ފާރިޝް މައުމޫން ގުޅުއްވާފައި އެބޭފުޅުން ތާއީދުކުރައްވަނީ ޔާމީނަށް ކަމަށް ވިދާޅުވި ކަމަށެވެ.
ފާރިޝް މައުމޫން ވިދާޅުވި އަޅުގަނޑުމެން ހަތަރު ބޭފުޅުންނާއި ބައްޕާފުޅު މިތިއްބެވީ ޔާމީންގެ ފަހަތްޕުޅުގައިއޭ." ޝިފާގު ވިދާޅުވި އެވެ.
ޝިފާގު މިގޮތަށް ވިދާޅުވެފައިވަނިކޮށް ރައީސް މައުމޫންގެ ބޭފުޅުން ވަނީ ރޭ ޔާމީން ކެމްޕެއިންގައި ރަސްމީކޮށް ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައެވެ.
ރައީސް މައުމޫން ތާއީދުކުރައްވަނީ ޔަމީނާށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ