ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލެއް އެކުލަވައިލާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ މި އުސޫލުގައި، ފަނޑިޔާރުންގެ ގާނޫނުގެ 47 ވަނަ މައްދާގެ ދަށުން އެއް ކޯޓުން އަނެއް ކޯޓަށް ދަށު ކޯޓެއްގެ ފަނޑިޔާރަކު ބަދަލުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުށަހެޅުމަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށެވެ. އަދި އެއް ކޯޓުން އަނެއް ކޯޓަށް ދަށު ކޯޓެއްގެ ފަނޑިޔާރަކު ބަދަލުކުރުމަށް ނިންމާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ.
އަލަށް އެކުލަވާލި މި އުސޫލުގެ ދަށުން، ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރާނަމަ ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ ކޯޓަކަށެވެ. އަދި ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމަށް ނިންމައިފިނަމަ އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ހުކުމް ކުރުމަށް ތައްޔާރުވެފައިވާ މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެ ކަމަށް އުސޫލުގައިވެއެވެ.
ކޯޓުން އަނެއް ކޯޓަށް ބަދަލުކުރަންޖެހޭ ފަދަ ކަމެއްކަން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އެއީ:
ސުޕްރީމް ކޯޓުގެ ހުއްދަ ނެތި ކޯޓުތަކަށް ފަނޑިޔާރުން ބަދަލު ކުރުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ