ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދިފަހުން އިއުލާނުކުރި ބޭރު ފައިސާގެ މުއާމަލާތްތަކާ ގުޅޭ ފިޔަވަޅުތަކަކީ، ޒަރޫރީ ބޭނުންތަކަށާއި އަމިއްލަ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
"މި ގެނެވުނު ބަދަލުތަކުގެ ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޭރު ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުން،" ބީއެމްއެލްގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
ބޭންކުން އިތުރަށް ބުނީ ދަތުރުފަތުރާއި ބޭސްފަރުވާގެ ބޭނުންތަކަށް މަހަކު 3,000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ އިންތިޒާމުވެސް ދެމިއޮންނާނެ ކަމަށެވެ.
ބޭރު ފައިސާގެ މުއާމަލާތްތަކަށް ގެނައި ބަދަލުތަކަކީ ހަމަހަމަކަމާއެކު ފައިސާ ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ