ހައްގުތައް ކަށަވަރު ނުވާ އެއްބަސްވުމެއްގައި ސޮއި ނުކުރާނަން: އީރާން

ވޮޝިންޓަން (7 މެއި 2026): އެމެރިކާ އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރު ޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއްގައި އެމެރިކާއާއެކު ސޮއިކުރެވޭނީ، އޭގެ ޑްރާފްޓަކީ އީރާނުގެ ނިއުކްލިޔާ ހައްގުތަކާއި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގުތަކާއި ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ލިބޭނެ ހައްގާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމުގެ ހައްގު ފަދަ ހުރިހާ ހައްގުތައް ކަށަވަރުވާނެ އެއްޗަކަށް ވެގެންކަމަށް އީރާން ބުނެފިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވީ މި ހައްގުތައް ކަށަވަރުނުވާ އެއްބަސްވުމުގެ ޑްރާފްޓެއްގައި އީރާން ސޮއި ނުކުރާނެ ކަމުގައެވެ. އިރަގްޖީ މިހެން ވިދާޅުވީ ޗައިނާއަށް ވަޑައިގެން އެ ގައުމުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން ދެއްވި ބަޔާނެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ދާއިމީ ގޮތަކަށް ނިންމާލުމުގެ ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރުމަށް އީރާނާއެކު ކުރަމުން ގެންދާ ނުސީދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވެ ވާހަކަ ދައްކާފައެވެ. ސުލްހައިގެ އެއްބަސްވުން ގާއިމް ކުރުމުގައި އީރާން އަތުން ދޫހޯދުމަށް ޓްރަމްޕް އީރާނަށް ބިރުދައްކައި އީރާން ވުޖޫދުން ފުހެލާނެކަމާއި އީރާނުގެ ހަޟާރަތް އެއްކޮށް ފުނޑާލާނެކަމުގެ އިންޒާރުދިނުންފަދަ ނާތަހުޒީބު ގިނަ މަސައްކަތްތަކަކާއި ގިނަ ޕްރެޝަރުތަކެއް ކުރި ނަމަވެސް މިއިން އެއްވެސް ޕްރެޝަރަކަށް އީރާން ދީލާލާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ޓްރަމްޕަށް ގޮތް ހުސްވެފައިވާ ކަމާއި ޓްރަމްޕް ވަނީ އީރާންގެ ހިތްވަރާއި އަޒުމުގެ ކުރިމަތީގައި ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ނަންހާމަ ކުރަން ނޭދޭ އެމެރިކާގެ ދެ މަސްއޫލުވެރިއަކުވަނީ ވިދާޅުވެފައެވެ. ޓްރަމްޕްގެ އިންޒާރުތައް ކިތަންމެ ހަރުކަށި ވެފައި ބިރުވެރި ނަމަވެސް އީރާންގެ ހިތްވަރާއި އަޒުމުގެ ކުރިމަތީގައި މިހާތަނަށް ދޫދޭން ޖެހިފައިވަނީ ޓްރަމްޕްއެވެ. އެމެރިކާ އެދޭ ފަދަ އީރާނުގެ ހުރިހާ ހައްގުތައް ގެއްލޭ އެއްބަސްވުމަކަށްދާން އީރާނަށް ޕްރެޝަރު ކުރުމަށްޓަކައި ޓްރަމްޕްވަނީ 2 ހަފްތާގެ މެދުކަނޑާލުމަށްފަހު އަލުން ހަނގުރާމަ ފަށާނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް ހަމަލާތައް ހުއްޓާލިތާ އެއް މަސްވީއިރު ވެސް އަލުން ހަނގުރާމަ ފަށާން ޓްރަމްޕްއަށް ކެރިފައެއް ނުވެއެވެ. އެއަށްފަހު ޓްރަމްޕް ވަނީ އީރާނުގެ ބަނދަރުތައް ހިސާރުކޮށްގެން އީރާނުގެ އިގްތިސާދު އިނދަޖައްސާލުމުގެ މަސައްކަތްވެސް ފަށާފައެވެ. މިކަމުންވެސް އީރާންގެ ސްޓޭންޑަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެއަށްފަހު ޓްރަމްޕް މަސައްކަތްކުރީ އީރާނުގެ އަތުގައި އޮތް އެންމެ ވަރުގަދަ ކާޑުކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގެ ކާޑުން އީރާން މަހުރޫމް ކުރުމުގެ މަސައްކަތެވެ. މިކަމަށްޓަކައި ޓްރަމްޕް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށިނަމަވެސް ދެ ދުވަހުގެ ތެރޭގައިވަނީ ނާކާމިޔާބު ވެގެން އެއޮޕަރޭޝަން ހުއްޓާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ