"ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިހްލާސްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން އިންތިހާބު ބޮއިކޮޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ؟"
ނިމިދިތަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިހާރު ވެރިކަން ކުރާ ޕީއެންސީން ރިޔާސީ ކެނޑިޑޭޓަކު ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި އެންގެވުމަކީ އިހުކާތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓުން އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ހުކުމްކުރުމާއެކު އިންތިހާބު ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.
އަބްދުއްރަހީމް އެގޮތަށް ސުވާލު އުފެއްދެވީ ރޭ ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ކެނޑިޑެސީއާ ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު އިންތިހާބަށް ކުރިމަތިލުމުގެ މުހުލަތު ފާއިތުވެދާނެތީ ޕީއެންސީން ކެނޑިޑޭޓަކު ނެރެން އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.އިންތިހާބު ބޮއިކޮޓް ކުރުމުގެ ހިޔާލަކަށް އެހީ އޭރު އެ ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން، ރައީސް ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވިދާޅުވަމުން ގެންދަވާތީ ހިޔާލު ހޯދަން ކަމަށް ވެސް ވިދާޅުވި އެވެ.އެ ވާހަކަފުޅަށް ރައްދު ދެއްވަމުން އަބްދުއްރަހީމް މިއަދު "އެކްސް"ގައި ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ އޮގަސްޓް 7، 2023 ގައި ކަމަށެވެ. ސުޕްރީމް ކޯޓުން ރައީސް ޔާމީނަކީ ގައިދީއެއް ކަމަށްވާތީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމީ އޮގަސްޓް 6، 2023 ވަނަ ދުވަހު ކަމަށާއި، އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީން އެންގެވީ އެ ހުކުމަށް ފަހުގައި ކަމަށެވެ."ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިހްލާސްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން ޕީޕީއެމް / ޕީއެންސީ އިން ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ؟" އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.
ޕީޕީއެމްއަށް ދިރުމެއް ދޭން ބޭނުންވިނަމަ ވަގުތު އޮއްވައި ރިޔާސީ ކެނޑިޑޭޓަކު ނުދެއްކެވީ ކީއްވެގެންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ."ޕީޕީއެމް އަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވާ ޕީޕީއެމް އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ؟ މި ހަގީގަތްތައް މިހެން ހުރީމަ މަގުމަތިކުރަން އުޅުނު ވާހަކަ މި ދައްކަނީ ރައްޔިތުންނަށް ކަން ހިނގައި ދިޔަގޮތް އޮޅުން ފިލުވައި ދިނުމަށްޓަކައި،" އޭރުގެ ހަބަރުތަކުގެ ސްކްރީންޝޮޓްތަކަކާއެކު އަބްދުއްރަހީމް ވިދާޅުވި އެވެ.ރައީސް ޔާމީން ރޭ ވިދާޅުވެފައި ވަނީ ޕީޕީއެމް އިން ކެނޑިޑޭޓަކު ނުދެއްކީ ސުޕްރީމް ކޯޓަށް އެމަނިކުފާނާ ދެކޮޅަށް ހުކުމް ކުރަން ފަސޭހަވެގެން ދާނެތީ ކަމަށެވެ. އިންތިހާބު ބޮއިކޮޓްކޮށް ދެ ޕާޓީ މަގުމަތި ކުރަން އުޅުނު ކަމަށް ބުނެ އެމަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވަނީ އެ ހަގީގަތްތައް އާންމުންނަށް އޮޅުވާލަން ކަމަށް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަދުރޭގެ ސުވާލެއް؛ އިހުލާސްތެރިއެއް ނަމަ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިންތިހާބު ބޮއިކޮޓް ކުރަން އެންގެވީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ