ފޮރުވަން ޑްރަގް ބްލެޓްތައް ދިރުވާލީ، ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެނީ

މި މީހާ އަކީ މިރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަަމަށް ވެސް ބުންޏެވެ.
ފޮރުވަން ޑްރަގް ބްލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔޫ ގައި ފަރުވާ ދޭން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރި ބްލެޓްތަކެއް ފޮރުވައިގެން އުޅުނު މީހަކު ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫ ގައި ފަރުވާ ދެމުންދާ ކަމަށެވެ.މި މީހާ އަކީ މިރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަަމަށް ވެސް ބުންޏެވެ.އަދި ބުނީ މި މީހާގެ އާއިލާއަށް މިކަމުގެ މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެއީ ދިވެހި ފިިރިހެނެއް ކަމަށް ވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ