ރޯމް، އިޓަލީ (ޖުލައި 31) - މި އަހަރު ކުރިއަށް އޮތް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ޔޫއެސް އޯޕަން އަށް ވަރުގަދަ އަށް ތައްޔާރުވުމަށްޓަކައި، ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، އިޓަލީގެ ޖަނިކް ސިނާ، އޭނާގެ ކުރީގެ ފިޓްނަސް ކޯޗު، އުމްބާޓޯ ފެރޭރާ އަލުން ގެނެސްފި އެވެ.
ސިނާ، 23، އާއި ފެރޭރާ، ވަކިވީ، މިދިޔަ އަހަރު އޭނާ މަނާބޭހަށް ޕޮޒިޓިވްވުމުންނެވެ. އެ މައްސަލައިގައި މި އަހަރު ސިނާ އަށް ސަސްޕެންޝަނުގައި ތިން މަސް ދުވަސް ހޭދަކުރަން ޖެހުނެވެ. ފެރޭރާ އާއި ފިޒިއޮތެރަޕިސްޓް، ޖިއަކޯމޯ ނާލްޑީ ވަނީ މިިދޔަ އޮގަސްޓް މަހު މަނާބޭހުގެ މައްސަލައިގައި، ސިނާގެ ޓީމު ދޫކޮށްލައިފަ އެވެ. އެކަމަކު، ސިނާ މި ވަނީ، އަލުން ފެރާރާ ހަމަޖައްސައިފަ އެވެ.
ފެރޭރާ އަލުން ގެނައުމާ ބެހޭގޮތުން، ސިނާގެ ޓީމުން ބުނީ، އޭނާގެ ޑިވެލޮޕްމަންޓަށް ފެރޭރާ އަކީ ވަރަށް މުހިންމު ފަރާތެއް ކަމަށެވެ. އަދި، ކުރިއަށް އޮތްތަނުގައި، ސިނާގެ ލެވަލް މައްޗަށް ގެނައުމަށްޓަކައި ވެސް އެންމެ އެކަށޭނެ މީހަކީ، އެންމެ ކުރިން ވެސް ސިނާ ޓްރެއިން ކުރި، ފެރޭރާ ކަމަށް އެ ޓީމުން ގަބޫލުކުރެ އެވެ.
ދާދި ފަހުން، ނިމުނު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސިނާ ބުނީ، އަލުން ފެރޭރާއާ އެކު މަސައްކަތް ކުރަން ލިބުމުން ހިތްހަަމަޖެހޭ ކަމަށެވެ.
ޔޫއެސް އޯޕަން ފަށާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ. އެހެންކަމުން ޔޫއެސް އޯޕަން އަށް ތައްޔާރުވާން ފެރޭރާއާ އެކު، ޓްރެއިނިނިންތައް ގެންދަން، ސިނާ އަށް ލިބޭނީ މަހެއްހާ ދުވަހު އެވެ.
ޔޫއެސް އޯޕަން އަށް ވަރުގަދަ އަށް ތައްޔާރުވާން ސިނާ ކުރީގެ ފިޓްނަސް ކޯޗު އަލުން ގެނެސްފި ޔޫއެސް އޯޕަން އަށް ވަރުގަދަ އަށް ތައްޔާރުވާން ސިނާ ކުރީގެ ފިޓްނަސް ކޯޗު އަލުން ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ