މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމި އިދާރާ އިން މުޅި ރާއްޖެއަށް މި އެލާޓު ނެރުނީ، މިއަދު މެންދުރު ފަހު 12:30 އިން ފެށިގެން ހަވީރު 17:00 އަށެވެ.
މެޓުން ލަފާ ކުރާ ގޮތުގައި، މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވެއެވެ.
12:30 އިން ފެށިގެން 17:00 އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، މިއަދު ހެނދުނު 7:15 އިން ފެށިގެން މެންދުރު ފަހު 13:00 އާއި ހަމައަށް ހދ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ވެސް ހުދު ސަމާލު ނެރުނެވެ.
މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވެސް ހުދު ސަމާލު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ