ސަރުކާރަށް އެއްބާރުލުން ނުދޭނެ ކަމަށް އެއްވެސް ތަނެއްގައި މައުމޫން ވިދާޅެއް ނުވޭ: ޕީޕީއެމް

މި ސަރުކާރަށް އެއްބާރުލުން ނުދޭނެ ކަމަށް އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިނުވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ. ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ސަރުކާރު ދިފާއު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެއްބާރުލުން ދެއްވަން މައުމޫން ބޭނުންފުޅުވުނާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާ ކަމަށެވެ. އަދި އެ ޚަބަރަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް އެކުލެވޭ ޚަބަރެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެފަދަ ޚަބަރުތައް ގެނެސްދެނީ އެޕާޓީގެ މެމްބަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި، ބައިބައިވުން އުފެއްދުމުގެ މަގުސަދުގައި ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ޕީޕީއެމްގެ ބަޔާނުގައި ވަނީ މީޑިއާއެއްގައި އެ ޚަބަރު ގެނެސްދީފައި ވަނީ އެ ޕާޓީގެ ކައުންސިލް މެމްބަރަކާ ހަވާލާދީ ކަމަށާއި އެއީ ކޮން ކައުންސިލް މެމްބަރެއްކަން އެ މީޑިއާ އިން ބުނެދީފައިނުވާ ކަމަށެވެ. އެހެންކަމުން އެއީ ވެސް އެޚަބަރަކީ ހަގީގަތެއް ނެތް ވާހަކައެއްކަން އެނގިގެންދާ ކަމެއް ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ