އެމްޑީޕީ ގުރައިދޫ ދާއިރާގެ ޓިކެޓް ޝާޒްއަށް

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން މާލެއާއި އެދާއިރާގެ ތިން ރަށުގައި މިއަދު ވަނީ ކުރިއަށް ގޮސްފައެވެ. ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރި އެވެ. އެންމެ ގިނަ ވޯޓް ހޯދައިގެން އެމްޑީޕީގެ ޓިކެޓް ލިބުނީ އިބްރާހިމް ޝާޒް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައް ވާނެ އެމްޑީޕީގެ ކެނޑިޑޭޓަކު ހޮވައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން މާލެއާއި އެދާއިރާގެ ތިން ރަށުގައި މިއަދު ވަނީ ކުރިއަށް ގޮސްފައެވެ. ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރި އެވެ. އެންމެ ގިނަ ވޯޓް ހޯދައިގެން އެމްޑީޕީގެ ޓިކެޓް ލިބުނީ އިބްރާހިމް ޝާޒް އެވެ.
އެމްޑީޕީން ބުނި ގޮތުގައި މިއަދުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު އޮތް 844 މެންބަރުންގެ ތެރެއިން 590 މެންބަރަކު ވޯޓް ދިނެވެ. ސައްހަ ވޯޓްގެ އަދަދަކީ 582 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 8 ވޯޓް ގުނާފައިވެއެވެ.ގުރައިދޫގެ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހު އެވެ. އެ ދާއިރާގެ މަޖިލިސް ބައިއިލެކްޝަނެއް ބާއްވަނީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ