ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ރާއްޖޭން ބޭރަށް ފުރުމަށް ދަށު ކޯޓުތަކުން ހުއްދަ ދިނުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މައިބަދައިގެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެއެވެ.
އެ ހުށަހެޅުން ބެލުމަށް ފަހު ބޭސްފަރުވާ ކްރިމިނަލް ކޯޓުން ނިންމީ އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމަށެވެ. އެއީ މި މަހު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިމަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އައްމަޓީއަށް ފުރުމުގެ ހުއްދަ ދިނުމުން، އެ މައްސަލަ ދައުލަތުގެ ފަރާތުން މި މަހުގެ 18 ވަނަ ދުވަހު ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވެއެވެ. އިއްޔެ ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުން އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާތީ، އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ކްރިމިނަލް ކޯޓުގެ އެ އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
ފުރަން އަންމަޓީއަށް ހުއްދަދިނީ ރަނގަޅަށްކަމަށް ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ