މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ފަހުން ހެދި ބައި މާދަމާ ހަވީރު އާންމުކޮށް ހުޅުވާލަން އެމްޓީސީސީން ނިންމައިފި އެވެ.
މި ފަހުން މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައި ވަނީ ނިންމައިފަ އެވެ.
އެ މަސައްކަތް ކުރި އެމްޓީސީސީން މިރޭ ބުނީ، އެންމެ ޒަމާނީ ފެންވަރަށް ވަރަށް ޗާލުކޮށް ހަދާފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހެދި ބައި މާދަމާ ހަވީރު އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
އެކަމަކު، ކުދިކުދި ބައެއް މަސައްކަތްތައް އަދި ކުރަންޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
"މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދު ލާފައިވާ ކާބް ސްޓޯން ސިޑި ކައިރީގައި ބެހެއްޓިފައި ހުންނާނެ އެވެ،" އެމްޓީސީސީން ބުންޏެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި މާދަމާ ހަވީރު ހުޅުވާލާއިރު، ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގެ ވަކި ހިސާބެއް މިއަދު ހަވީރު ވަނީ 3،100 ގަސް އިންދާފައި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ތަފުސީލް އަންނަނީ...
ބޭރުމަގުގައި އަލަށް ހެދި ބައި މާދަމާ ހަވީރު ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ