އޮޅުވައިލައިގެން ފައިސާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަނީ

ކ. މާފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ މީހަކު ހޯދަމުންދާ ކަމަށް މިއަދު ފުލުހުން އިއުލާނު ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހޯދަން އިއުލާނުކޮއްފައިވަނީ، ށ. ފުނަދުށް ނިސްބަތްވާ، ރައްޒާނު އާދަމް، 32 އެވެ. އޭނާ ހޯދަން އިއުލާނު ކޮށްފައިވަނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ބުންޏެވެ. އަންނަ މަހުގެ 15 ވަނަ ދުވަހުގެ 14:00އަށް މާފުށި ޕޮލިސް ސްޓޭޝަނަށް، އެނާ ހާޒިރުވުމަށް އެ އަމުރުގައި ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ