ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ފާހަގަ ނުވާކަމަށް ޖުޑިޝާލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން ބުނީ، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށްޓަކައި ގާޒީ ފަރުހާދު ރަޝީދު ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާ ކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީޑިއާގައި ދައުރުވި ހަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުތަމެއް ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެންނާއި، މި މައްސަލަ ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގެންގުޅޭ އުސޫލުގެ ތެރެއިން މި މައްސަލަ ކޮމިޝަނުން ބަލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ފަނޑިޔާރު ކޮށްފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާގެ އެއްވެސް ހެއްކެއް އަދި މި ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައި ނުވާތީ، މި ޝަކުވާއަކީ ސައްހަ ޝަކުވާއެއް ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލާނެ ޖާގައެއް ނެތްކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ