މުއިއްޒު ހުވާ ކުރާ ޖަލްސާގައި ޔާމީން ބައިވެރިނުވާނެ!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.
މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި މުއިއްޒު ރައީސް ކަމުގެ ހުވާ ކުރުމުގެ ރައްމިއްޔާތު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ޔާމީނަށް ޖަލްސާގެ ދައުވަތު އަރުވާފައެވެ. އެހެންނަމަވެސް ޖަލު ހުކުމެއްގައި ހުންނެވުމުން އެ ޖަލްސާގައި ބައިވެރިނުވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ރައީސް ޔާމީން އެޖަލްސާއަށް ވަޑައިނުގަތުމަށް ނިންމާފައިވަނީ އެއީ ރައީސަކު ހުވާ ކުރައްވާ ޖަލްސާއަށްވެފައި، ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެކަހަލަ ޖަލްސާއެއްގައި ބައިވެރިވުމަކީ އެ ޖަލްސާގެ ކަރާމާތަށް އުނިކަން ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީއެވެ. އަދި އެއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ޤަބޫލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާތީ އެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަން މިހާރު ވަނީ ރައްޔިތުންގެ މަޖިލިސް އަށް އަންގާފައެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން އަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އެމަނިކުފާނު މިވަގުތު ހުންނެވީ މާލޭ ބަންދަށް ބަދަލު ކޮށްފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ