ކުޑަކުދިންގެ ދުވަހު އުރީދޫގައި ޚިދުމަތް ދިނީ ކުޑަކުދިން

އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ހިންގި ހަރަކާތުގައި, އުރީދޫގައި ދެ ގަޑިއިރު ވަންދެން ކުޑަކުދިން ޚިދުމަތް ދީފިއެވެ. އުރީދޫން ބުނީ، 'އުރީދޫ ޖޫނިއާސް އޮން ޑިއުޓީ'ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ހަރަކާތުގެ ތެރެއިން އެ ކުންފުނީގެ ފްރޮންޓްލައިނުގެ މުވައްޒަފުންނާއެކު ކޯލް ސެންޓާ އެންޑް އެކްސްޕީރިއަންސް ސެންޓަރުގައި ކުޑަކުދިން ޚިދުމަތް ދިން ކަމަށެވެ. އިއްޔެ ހެނދުނު 10:00އިން މެންދުރު 12:00އަށް މި ހަރަކާތް ކުރިއަށްދިޔައިރު، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އެކުދިން ވަނީ އެކި ގޮތްގޮތަށް ހަރަކާތްތެރިވެފައެވެ. އިއްޔެ އުރީދޫގައި ދެގަޑިއިރު ކަސްޓަމަރުންނަށް ޚިދުމަތް ދޭން އުޅުނު ކުޑަކުދިންގެ ޓީމު އުރީދޫގެ މުވައްޒަފުންނާއެކު ---- ފޮޓޯ/ އުރީދޫ މިގޮތުން، އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތް ކުރި ކަސްޓަމަރުންނަށް މަރުހަބާ ކިޔުމާއި ސުވާލުތައް ހައްލުކުރުމުގައި އެހީތެރިވެ، ފޯނު ކޯލުތަކަށް ޖަވާބުދިނުމުގެ އިތުރަށް ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖުތަކަށް ޖަވާބު ދިން ކަމަށް އުރީދޫން ބުނެފައިވެއެވެ. މި ހަރަކާތަކީ އެ ކުންފުނީގެ ޒުވާން މުވައްޒަފުންނާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުމުގެ އިތުރުން، އަންނަން އޮތް ޖީލު ބާރުވެރިކުރުވައި، ޚިދުމަތާއި ގުޅުމުގެ ރޫހު ފާހަގަކުރުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭ ހަރަކާތެއް ކަމަށް އުރީދޫން މައުލޫމާތުދެއެވެ. އުރީދޫގެ ކަސްޓަމަރަކަށް ކުޑަކުދިންގެ ޚިދުމަތް ދެނީ --- ފޮޓޯ/ އުރީދޫ އެ ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނާއި ޢާއިލާތަކަށް އުރީދޫން ވަނީ ޝުކުރު އަދާކޮށްފައެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށް އުރީދޫން ވަނީ ބުނެފައެވެ. އޭގެއިތުރުން، އިއްޔެ މާލެ ސަރަހައްދުގެ ފަސް ތަނެއްގައި ވަރަށް ކުލަގަދަކޮށް، ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައެވެ. އޭގެތެރޭގައި، ހުޅުމާލޭ ސެންޓްރަލް ޕާކާއި ވިލިމާލެއާއި، މުހްޔިއްދީން ސްކޫލާއި ރަސްފަންނާއި ހެންވޭރު ދަނޑާއި ޖުމްހޫރީ މައިދާން ހިމެނެއެވެ. އެ ތަންތަނަށް ގިނަ އަދަދެއްގެ އާއިލާތަކާއި ކުޑަކުދިން ވަނީ ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ