ބ. އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ 83 އަހަރުގެ އެރަށު، ސީސަންގެ އަބޫބަކުރު އަބްދުﷲ އެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އޭނާ ހިނގާފައި ދަނިކޮށް ދުއްވާފައި ދިޔަ ޕިކަޕެއް އޭނާގެ ގައިގައި ޖެހިގެން މިމަހުގެ 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ޕިކަޕް ދުއްވި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ