މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މި އަހަރު ވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ. އީދު ނަމާދު ފަށާނީ ހެނދުނު 7:00ގަ އެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ:
މާލޭ މާފަންނު ސްޓޭޑިއަމް
ވިލިމާލޭ ފުޓްބޯޅަ ދަނޑު
ހުޅުމާލޭ ސިންތަޓިކް ޓްރެކް ދަނޑު
ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ހަސަން އާދަމް އާއި ހުޅުމާލެ ދެވަނަ ފިޔަަވަހީގެ ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސް ބިމުގައި
ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ ބޮޑެތި މިސްކިތްތަކުގައި ވެސް އީދު ނަމާދުކުރާނެ އެވެ. މިފަހަރު އީދު ނަމާދު ޖުމްލަ 24 މިސްކިތެއްގައި ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެއީ:
މާލޭގެ 17 މިސްކިތެއްގައި
ހުޅުމާލޭގެ ހަތް މިސްކިތެއްގައި
ވިލިމާލޭގެ އެއް މިސްކިތުގައި
އީދު ނަމާދު ބޮޑު ޖަމާއަތް މިފަހަރު ވެސް މާލޭގެ ހަތަަރު ސަރަހައްދެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ