ދުނިޔޭގެ ބާޒާރުގައި ހަކަތަ ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ މިންވަރު ކޮންޓްރޯލްކޮށް، މަދުން ގޭސް ވިއްކަން ފަށާފައިވާކަން މިއަދު ވަނީ އިއުލާންކޮށްފައެވެ.
މޯލްޑިވް ގޭސްއިން މި ބަދަލު ގެނެސްފައިވަނީ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ލިބުން ބައިނަލްއަގުވާމީ ފެންވަރުގައި ދަތިވެ، އަވައްޓެރި އިންޑިއާއާއި ސްރީލަންކާއަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިން ބުނީ، މި ފިޔަވަޅަކީ ރާއްޖޭގައި ހުރި ގޭހުގެ ރިޒާވް ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.
މި ބަދަލާއެކު، މޯލްޑިވް ގޭސްއިން މިހާރު ވަނީ އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި، އެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށްވާ ފަސް ކިލޯގެ ގޭސް ވިއްކަން ފަށާފައެވެ. އެހެންކަމުން، މިހާރު ކަސްޓަމަރުންނަށް 10 ކިލޯގެ ގޭސް ފުޅިއެއް ލިބޭނީ އެއަށް ފަސް ކިލޯއަށް ގޭސް އަޅައިގެންނެވެ. މޯލްޑިވް ގޭސްއިން ބުނީ، މިހާރު ލިބެންހުރީ ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް 100 ރުފިޔާގެ ރޭޓުންނެވެ. މި ނިންމުމުގެ ސަބަބުން އާންމު ގޭބިސީތަކަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ހަނގުރާމައިގެ ހާލަތު ހުރިގޮތުން މިއީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
ނަމަވެސް، ގައުމުގެ ހާލަތު މިފަދަ ނާޒުކު ފައްތަރެއްގައި އޮތްއިރުވެސް، ސަރުކާރުން ދަނީ ހުރިހާ ކަމެއް ރަނގަޅަށް ދާކަމަށް ބުނެ ހަގީގީ ހާލަތު އޮޅުވާލަމުންނެވެ.
މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ލިމިޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ