މާލޭ ލޯކަލް މާރުކޭޓު ހުރި ބިމުގައި އާ މާރުކޭޓެއް ހަދަން 126 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ މާރުކޭޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރެސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލެވެ. އަދި ޓްރަސްޓެންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީއެވެ.
މިނިސްޓްރީން ބުނީ ލޯކަލް މާރުކޭޓު ހުރިތަނުގައި އަލަށް ހަދާ މާރުކޭޓަށް ކިޔާނީ ”މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް“ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ޓްރަސްޓެންގްއާ ހަވާލުކޮށްފައިވަނީ ހަ މަސް ދުވަހުން ނިންމާ ގޮތަށް 126,359,594.94 (126.3 މިލިއަން) ރުފިޔާއަށް ކަމަށެވެ.
”މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް“ ހެދުމަށް ހަމަޖެހިފައިވަނީ ހަ ފަންގިފިލާއަށެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަކުރާ އިރު، ގްރައުންޑް ފުލޯގައި ހުންނާނީ މަސްމާރުކޭޓެވެ. އޭގެ އިތުރުން ފުރަތަމަ ތިން ފްލޯގައި ތަރުކާރީ މާރުކޭޓަށް ހާއްސަ ކުރާ އިރު، ހަތަރުވަނަ ފުލޯގައި ތަރައްގީކުރަނީ ފުޑް ކޯޓެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އާ މާރުކޭޓު ތަރައްގީކުރާނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
”މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް“ގެ ނަމުގައި އާ މާރުކޭޓު ހަދަން 126 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ