ކެމްޕެއިން މަނާވި ފަހުން ރައީސް ޕޯސްޓެއް ކުރެއްވި މައްސަލަ ބަލާނަން: ޒާހިދު

ކެމްޕެއިން ކުރުން މަނާވި ފަހުން، ރައީސް މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވި މައްސަލަ ބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގާނޫނުގައިވާ ގޮތުން މިއަދު އިރުއޮއްސި 6 އިން ފެށިގެން މާދަމާ އިރުއޮއްސި 6 އަށް ކެމްޕެއިން ކުރުމަކީ މަނާ ކަމެވެ. ނަމަވެސް ރައީސް މުއިއްޒުގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު އިރުއޮއްސި 6:08ގައި، ޕީއެންސީގެ ކެމްޕެއިން ފޮޓޯތަކެއް ޕޯސްޓް ކުރައްވާފައިވެ އެވެ.
ތަފްސީލު - މިރޭ އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމަށް ފަހު، ނޫސްވެރިއަކު ޒާހިދުއާ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ފުރަތަމަ ވިދާޅުވީ، އެކަން ކޮމިޝަންގެ ސަމާލުކަމަށް އައުމުން ނުވަތަ މީހަކު ޝަކުވާއެއް ކުރުމުން އެކަން ބައްލަވަނެ ކަމަށެވެ. 
"އަޅުގަނޑުމެން އެކަން ކުރާނެ ނޫންތޯ؟ ނުކޮށް ނުހުންނާނެ ނޫންތޯ؟ އެއީކީ ޗޮއިސްއެއް ނޫނެއްނޫންތޯ؟ އަޅުގަނޑުމެން ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކުރާނެ ނޫންތޯ؟" އެކަން ކުރާނެ،" މިހާރު އެކަން ކޮމިޝަންގެ ސަމާލުކަމަށް އައުމުން އެކަން ބަލާނެތޯ ދެވަނަ ފަހަރަށް އެހުމުން ޒާހިދު ވިދާޅުވި އެވެ.
މާދަމާ ވޯޓު ލާން ނުކުތުމަށް ބާރުއަޅުއްވައި ރައީސް ކުރެއްވި ޕޯސްޓުގައި ހިމަނުއްވާފައި ވަނީ މިއަދު ޕީއެންސީގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ހަރަކާތުގެ ފޮޓޯތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ