ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެ ފޭސް 2ގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަކީ:
ހިޔާ ޓަވަރު 5، 6، އަދި 7
ވިނަރެސްގެ 10 ޓަވަރު
އަމާން ދޯދި 12، 13، 14، 15، އަދި 16
އަމާން އުދަރެސް 5 އަދި 6
އެމްޕީއެލް ޓަވަރުތައް
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ފޭސް 2ގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަތް ދެވުނީ 9 ގަޑިއިރެއްހާއިރު ފަހުންނެވެ.
ހުޅުމާލެ ފޭސް 2ގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ