އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް އޮންނާނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓްރީވާން ހުށަހަޅަން ޖެހޭނީ 2024 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކެވެ.
އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މަޖިލީސް އިންތިޚާބުގައި ރިސޯޓު، ސިނާއީ މަސައްކަތްކުރާ ރަށްރަށް، ޖަލު ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުން، މި އިންތިޚާބުގެ ރަޖިސްޓްރީގައި މިހާރު ހިމެނިފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައެވެ. އެހެންކަމުން، އެ ނޫން ތަނެއްގައި ވޯޓުލާން ބޭނުންވާ ނަމަ، ކަނޑައެޅިފައިވާ މުއްދަތުގައި ރީ-ރަޖިސްޓްރީވުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅަން ޖެހޭނީ އީސީގެ “ރީ-ރަޖިސްޓްރޭޝަން ޕޯޓަލް” ނުވަތަ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި މިހާރު ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު ސާފުކުރުމަށްޓަކައި VR (Space) ID-Number ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމުން މައުލޫމާތު ލިބޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިޚާބަކީ ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން މިހާރު އަންނަނީ ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ރަށްރަށުގެ ތައްޔާރީތަކަށް ބަލައި އިހްޔާ ފޯރަމް ބާއްވާނެ 10 ރަށެއް ހޮވައިފި ދެ އިންތިޚާބު އެއްކޮށްލަން އުޅެނީ ރިޔާސީ ދައުރު ދިގު ދަންމާލަން: އެމްޑީޕީ ޕީޖީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފި އައިކެއާގެ ރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ