ޕެންޝަން ކަނޑާލަނީ ކަމަށް ބުނެ
އިދިކޮޅުން ދައްކަނީ ޒިންމާދަރުކަމެއް ނެތް ވާހަކަތަކެއް ކަމަށް ފުވައްމުލަކު މެދުދާއިރާގެ
މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.
މެމްބަރު އަލީ ފަޒާދު ވިދާޅުވީ ސަރުކާރުން
ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިދިކޮޅުން ހަދަނީ ދޮގު ކަމަށާއި، އެއީ
ފިތުނަ ފަސާދަ އުފެއްދުމަށް އިދިކޮޅުން ކުރަމުން އަންނަ ކަމަށެވެ.
ޑަބަލް ޕެންޝަން ނުވަތަ ދެ
ޕެންޝަން ލިބިދޭ ނިޒާމަކީ ދައުލަތަށް ހަރަދުބޮޑު އަދި ދެމެހެއްޓެނިވި ނިޒާމެއް
ނޫންކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި، އޮޑިޓަރ ޖެނެރަލްވެސް ވަނީ
ލަފާ ދީފައެވެ. ވަޒީފާއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދެމުން
އަންނަ އެލަވަންސްއަށް ބަދަލު ނުގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މެމްބަރު ވިދާޅުވީ އިދިކޮޅުންގެ
ވާހަކަދައްކަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށެވެ. 2030 ވަނަ އަހަރު 4
މިލިއަނަށް ވުރެ ގިނަ ރުފިޔާ ޑަބަލް ޕެންޝަންއަށް ހޭދަކުރަންޖެހޭ ކަން ފާހަގަކޮށް
މެމްބަރު ވިދާޅުވީ އިދިކޮޅުން އެކަން ޕްރޮމޯޓް ކުރަނީ އާންމު ނިކަމެތި ރައްޔިތު
މީހާއަށް ލިބޭ 5000 ރުފިޔާ ކަނޑާލަނީއޭ ކިޔައިގެން ކަމަށެވެ. މެމްބަރު ވިދާޅުވީ
ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަތައް ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ
އަމަލެއް ކަމަށެވެ.
ދައުލަތުން ސަބްސިޑީއަށް ކުރަމުން އަންނަ ހޭދައަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ބަޖެޓުން 300 މިލިއަން ރުފިޔާ، އަހަރެއްގެ މައްޗަށް ކާޑުގެ ސަބްސިޑީއަށް އެކަނިވެސް ހޭދަކުރާ ކަމަށެވެ.
މެމްބަރު ފަޒާދު ވިދާޅުވީ އިދިކޮޅުން ރަނގަޅަށް ހުންނަ ކަންތައްތައް ވެސް ވެރިކަމަށް އަންނަ ގޮތަށް ބަދަލުކޮށްލަނީ
ކަމަށެވެ. އެގޮތަށް ބަދަލުކުރުމުން މައްސަލަތައް ދިމާވެ، ރިކަރެންޓް ހަރަދު
މައްޗަށް ދާކަމަށެވެ.
ކުރީ ސަރުކާރުން ބަޖެޓްގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެއްވެސްކަހަލަ
ބެލުމެއްނެތި، ފައިނޭންޝަލް އެއްވެސް ޑިސިޕްލިންއެއް ނެތިކަން މެމްބަރު ވަނީ
ފާހަގަކޮށްފައެވެ. މެމްބަރު ވިދާޅުވީ އެކަމުގެ ސަބަބުން، މިވީ އެއް
އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ދިވެހި
ދައުލަތުގެ ބަޖެޓު މެނޭޖްކުރުން ކަމަށެވެ.
ޕެންޝަން ކަނޑާލަނީ ކަމަށް ބުނެ ދައްކަނީ ޒިންމާދަރުކަމެއް ނެތް ވާހަކަތަކެއް: މެމްބަރު ފަޒާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ