ދިވެހި ސާފް ލީގު 2026 ގެ ކޯ-ޕާޓްނަރަކަށް ޔޫރޯ މާކެޓިން

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ މަޝްހޫރު ބްރޭންޑްތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ޔޫރޯ މާކެޓިންގް އިން،  ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ސާފް ލީގު 2026 ގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.
ދިވެހި ސާފް ލީގު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 17، އިން ފެށިގެން ޖޫން 20، ގެ ނިޔަލަށް ފުވައްމުލަކުގެ މަޝްހޫރު ރާޅާ އަޅާ ސަރަހައްދެއް ކަމަށްވާ އެލޭއިސް ސާފް ބްރޭކުގަ އެވެ. 
ޔޫރޯ މާކެޓިން އިން މި މުބާރާތުގެ ޕާޓްނަރަކަށްވީ ރާއްޖޭގެ ރާޅާ އެޅުމުގެ ދާއިރާ ކުރިއެރުވުމަށާއި، އެ ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މަގްސަދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. 
މި މުބާރާތް ކުރިއަށްދާ ދުވަސްވަރު ޔޫރޯ މާކެޓިންގްގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ޔޫރޯ މާކެޓިން އިން ބުނީ މުބާރާތް ބާއްވާ ސަރަހައްދުގައި ޔޫރޯ ސްޓޯރުގެ ކިއޮސްކެއް ބެހެއްޓިގެންދާނެ ކަމަށެވެ. 
އެ ކިއޮސްކް މެދުވެރިކޮށް މުބާރާތުގެ ބައިވެރިންނަށާއި، އޮފިޝަލުންނަށް އަދި މުބާރާތް ބަލަންދާ ފަރާތްތަކަށް ޔޫރޯ މާކެޓިންގް އިން އެތެރެކުރާ ފެންވަރު ރަނގަޅު އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 
ޔޫރޯ ސްޓޯރުގެ ކިއޮސްކުން ލިބެން ހުންނާނެ ބައެއް އުފެއްދުންތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ސަމޮންޓާނާ ޖެލާޓޯ އާއި، ލަވާޒާ ކޮފީ އާއި، ޑާނޯ ކިރުގެ އިތުރުން ޗީބޯ ކޮފީ ހިމެނެ އެވެ.
ޔޫރޯ މާކެޓިންގް އަކީ ރާއްޖޭގެ ބާޒާރުގައި ގިނަ ދުވަސްތަކެއް ވަންދެން އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ފެންވަރުގެ މޮޅު ބްރޭންޑްތައް ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.
ފުވައްމުލަކުގައި ބޭއްވޭ މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މޮޅު ރާޅާ އެޅުންތެރިން ވާދަކުރާނެ ފޯރިގަދަ ހަރަކާތަކަށް ވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ