މެމްބަރު ނާޒިމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ސަރުކާރުން އިއުލާންކުރި ޕްރޮޖެކްޓްތަކެއް އޮޅުވާލައިގެން ކާމިޔާބު ކުރި ކަމަށް ބުނެ ކޮރަޕްޝަންގެ ހަތަރު ދައުވާއެއް އުފުލި ނަމަވެސް އެ ހުރިހާ މައްސަލަތަކެއްގައި ވެސް ނާޒިމްގެ ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ވަނީ ކުރިން ނިންމައިފަ އެވެ.
ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މީގެ ދުވަސްތަކެއް ކުރިން ކަމަށް "އަވަސް" އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކުރީ:
ރައީސް އަބްދުﷲ ޔާމީނާ ކުރިން ގާތް ގުޅުމެއް އޮތް ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު ނާޒިމްގެ އެހެން މައްސަލައެއް ވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ 2011 ގައި އާންމުވި ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ބަރަހަނާ ވީޑިއޯތަކާ ގުޅުންހުރި މައްސަލަ އެކެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ނާޒިމް ޕާސްޕޯޓް ވެސް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ހިފެހެއްޓި އެވެ. ޕާސްޕޯޓް ހިފަހައްޓަން ފުލުހުން އަމުރު ނެރުނުއިރު ނާޒިމް ރާއްޖޭގައި ނޫޅުއްވާތީ ޕާސްޕޯޓް އޭރު ނުހިފެހެއްޓުނު ނަމަވެސް ފަހުން ނާޒިމް ރާއްޖެ ވަޑައިގަތުމުން ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ