އިލްމު އިންސްޓިޓިއުޓުން ޕްރީ ސްކޫލް އިސްލާމް ފޮތެއް ނެރެފި

އިލްމު އިންސްޓިޓިއުޓާއި ކޮއްކޮމެން ޕްރީ ސްކޫލް ގުޅިގެން ތައްޔާރުކުރަމުންދާ ޅަފަތުގެ މަރުޙަލާގެ ތަޢުލީމީ ފޮތް ސެޓްގެ ފުރަތަމަ ފޮތް މިއަދު ރަސްމީކޮށް ޝާއިޢުކޮށްފިއެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ނައިބް ރައީސް ޑރ. އަނާރާ ނަޢީމްއެވެ.
މިއަދު ނެރނުނު ފޮތަކީ އިސްލާމީ ތަރުބިއްޔަތު އުންގަނައިދިނުމަށް އެންއައިއީގެ މުގައްރަރަށް ފައްތައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
އިލްމު އިންސްޓިޓިއުޓާއި ކޮއްކޮމެން ޕްރީ ސްކޫލް ގުޅިގެން ތައްޔާރުކުރަމުންދާ ޅަފަތުގެ މަރުޙަލާގެ ތަޢުލީމީ ފޮތް ސެޓްގައި ޕްރީ ސްކޫލް ދަރިވަރުންނަށް ރާއްޖޭގައި އާންމު ގޮތެއްގައި ކިޔަވައިދޭ މާއްދާތަކުގެ އިތުރުން ދުރޫސުލް އަހުލާގު އަދި ޢަރަބިބަސް އުނގަނައިދިނުމަށް ވަކި ފޮތެއް ހިމެނެއެވެ.
މިއަދު ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަފުވެރި މެހެމާން އަނާރާ ނައީމްގެ އިތުރުން އައިއޯސީސީގެ ރައީސް، އިލްމު އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް، އަދި ކޮޮއްކޮމެންގެ ޕްރީ ސްކޫލްގެ ބާނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ބައެއް ދީނީ އިލްމުވެރިންނާއި ކޮއްކޮމެންގެ ޕްރީ ސްކޫލްގެ މުދައްރިސުން ބައިވެރވެވަޑައިގަތެވެ.
މި ފަދަ ފޮތް ސެޓެއް ނެރުމުގެ ބޭނުމަކީ ފަށާ ތަޢުލީމްގެ ބިންގާ ރަނގަޅު ގޮތުގައި އެޅި، ޅަފަތުގައި ކުދިންނަށް އިސްލާމީ ތަރުބިއްޔަތާއި ރިވެތި އަހުލާގުގެ އިތުރުން ދިރިއުޅުމަށް މުހިންމު އެތައް ކަމެއް އުނގަންނައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ