ރާސްޓަސްކޮށްލައިގެން ލައްކައަކަށް ވުރެ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ރާސްޓަސް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް އުރީދޫން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގެ ދަށުން، ކޮންމެ ފިހާރައަކުން ވެސް، ކޮންމެ އަދަދަކަށް ރާސްޓަސް ކޮށްގެން ގިނަ އިނާމުތަކެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އެއާ އެކު، ކޮންމެ ހަފަތާއަކު ނަގާ ވަރަށް ހާއްސަ ބޮޑު އިނާމެއް އަދި ޕްރޮމޯޝަނުގެ ބޮޑު އިނާމެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ތަފްސީލް - 100،000ރ.އަށް ވުރެ އަގުހުރި އިނާމުތައް ހިމަނާފައިވާ ރާސްޓަސް ސަޕްރައިޒް ޕްރޮމޯޝަން އަންނަ ޖޫންގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
ރާއްޖޭގެ ކޮންމެ ފިހާރައަކުން ކޮންމެވެސް މިންވަރެއް ރާސްޓަސް ކުރުން
ހަފުތާއަކު 700ރ.އަށް ވުރެ ގިނައިން ރާސްޓަސް ކޮށްގެން ހަފުތާގެ ބޮޑު އިނާމުގެ ލަކީޑްރޯގައި ބައިވެރިވެވޭނެ
ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒް ޑްރޯ ނަގާނީ މުއްދަތުގެ ތެރޭގައި ރާސްޓަސް ކުރި ހުރިހާ ފަރާތްތަކުން
ކޮންމެ ހަފްތާއަކު ނަގާ ލަކީޑްރޯ އިނާމުތަކުގެ ތެރޭގައި:
އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 45 އެމްއެމް
އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 41 މިލިމީޓަރު
އައިފޯން 15 ޕްރޯ މެކްސް 256 ޖީބީ ބްލޫ ޓައިޓޭނިއަމް
ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް
އައިފޯން 11 ޕްރޯ މެކްސް ސްޕޭސް ގްރޭ 256 ޖީބީ
ސެމްސަންގް ގެލެކްސީ ވޮޗް 6 44 އެމްއެމް ގްރެފައިޓް
ނިންޓެންޑޯ ސްވިޗު
ޓީސީއެލް 55 އިންޗީގެ ޓީވީއެއް
ސެމްސަންގް ގެލެކްސީ އެސް25 އަލްޓްރާ 256 ޖީބީ 12 ޖީބީ ޓައިޓޭނިއަމް ބްލެކް
5،000ރ.ގެ ފައިސާގެ އިނާމު
މި ޕްރޮމޯޝަންގެ ބޮޑު އިނާމަކީ 20،000ރ. އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ