ރާސްޓަސްކޮށްގެން އެއްލައްކަ ރުފިޔާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ރާސްޓަސްކޮށްގެން އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަފުތާއަކު 700އަށް ވުރެ ގިނަ ރުފިޔާ ރާސްޓަސްކޮށްގެން ހަފުތާގެ އިނާމުގެ ލަކީ ޑްރޯގައި ބައިވެވޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ކޮންމެ ހަފުތާއަކު އިނާމެއް ދިނުމަށް ނިންމާފައިވާއިރު، ޕްރޮމޯޝަންގެ ބޮޑު އިނާމެއް ވެސް ދޭނެއެވެ. ބޮޑު އިނާމުގެ ގުރު ނަގާނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ރާސްޓަސްކުރި ކަސްޓަމަރުންގެ މެދުގައި ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. ވީކްލީ ލަކީ ޑްރޯގެ އިނާމުތަކަކީ: އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 45 މިލިމީޓަރު އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 41 މިލިމީޓަރު އައިފޯން 15 ޕްރޯ މެކްސް 256 ޖީބީ ބްލޫ ޓައިޓޭނިއަމް ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް އައިފޯން 11 ޕްރޯ މެކްސް ސްޕޭސް ގްރޭ 256 ޖީބީ ސެމްސަންގް ގެލެކްސީ ވޮޗް6 44 އެމްއެމް ގްރެފައިޓް ނިންޓެންޑޯ ސްވިޗް ޓީސީއެލް 55 ޓީވީ ސެމްސަންގް ގެލެކްސީ އެސް25 އަލްޓްރާ 256 ޖީބީ 12 ޖީބީ ޓައިޓޭނިއަމް ބްލެކް 5،000ރ. ގެ ފައިސާގެ އިނާމު މި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ދެނީ، 20،000 ރުފިޔާގެ ފައިސާގެ އިނާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ