ވޭނަކާއި ސައިކަލެއް ޖެހި 6 އަހަރުގެ ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިރޭ ބުނިގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނިކުތް ވޭނަކާއި ހައިވޭން ދިޔަ ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:53 ހާއިރު އެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށާއި އެ ސައިކަލުގައި އިން 6 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. 
ފުލުހުން ބުނިގޮތުގައި:
އަނިޔާވި ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ