ބީއެމްއެލް އިސްލާމިކްގެ 350 މިލިއަންގެ ލޯނަކުން ވަގުފު ފަންޑު ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭން ނިންމާފައިވާ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯނެއްގެ ދަށުން، އިސްލާމީ ވަގުފު ފަންޑު ތަރައްގީކުރުމާ ގުޅޭ މުހިންމު ނިންމުންތަކެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސޮއި ކުރައްވައިފި އެވެ.
އެނގުން މުހިންމު - ވަގުފު ފަންޑުގެ މަޝްރޫއުތައް ފުޅާކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން ބުނީ އެކަމާ ގުޅޭ މުހިއްމު މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ މުހިއްމު ނިންމުންތަކެއް މިއަދު ނިންމިކަން ވެސް މިނިސްޓްރީން ފާހަގަ ކުރި އެވެ.
ތަފްސީލް - އޭގެ ތެރޭ ހިމެނެނީ:
އިސްލާމިކް ވަގުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުން
ދާރުލްއީމާން އިމާރާތަކީ އިސްލާމީ ވަގުފު ފަންޑުގެ ތަނެއް ކަމަށް ރަސްމީކޮށް ކަނޑައެޅުން
އެ ތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ހާއްސަކޮށް ވަގުފުކުރެވިފައިވާ އެއްޗަކަށް ހެދުން
އަލަށް އިމާރާތްކުރާ ދާރުއްސަލާމް އިމާރާތާއި ދާރުލްއަރުގަމް އިމާރާތަކީ ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަގުފު ފަންޑަށް ކަނޑައެޅުން
ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގުފު ފަންޑުގައި 15 މިލިއަން ރުފިޔާގެ (ކޭޝް ވަގުފު) އުފެއްދިކަމުގެ ވަސީގާގައި ސޮއިކުރުން
އިސްލާމިކް މިނިސްޓްރީގެ 'ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގުފު ފަންޑު' އަދި ރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑު'އާ ގުޅިގެން 'ދާރުއްސަލާމް' އާއި 'ދާރުލް އަރްގަމް' ތަރައްގީކުރުމަށް ނިންމުން
މި މަޝްރޫއުތަކަށް ބީއެމްއެލް އިސްލާމިކުން ވަނީ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ވަގުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ