މެއިންޓަނަންސް މަސައްކަތްތަކެއް ކުރާތީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުހިންމު ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
ބީއެމްއެލް އިން ރޭ ބުނި ގޮތުގައި މެއިންޓަނަންސް މަސައްކަތް ކުރާތީ އެ ބޭންކުން ދޭ އޭޓީއެމް ހިދުމަތް، ޕީއޯއެސް މެޝިނުގެ ހިދުމަތް އަދި ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް ދަންވަރު 2:00 އިން ފެށިގެން ހެނދުނު 8:00 ޖެހުމާ ހަމައަށް ބުރޫ އަަރާނެ އެވެ.
ނަމަވެސް މިއަދު ހެނދުނު ބީއެމްއެލް އިން ބުނީ މެއިންޓަނަންސް މަސައްކަތަށް ހޭދަވާނެ ކަމަށް ލަފާކުރި ވަގުތު ދިގުލައިގެން ގޮސްފައިވާ ކަމަށާއި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.
އެގޮތުން މެއިންޓަނަންސް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ވަގުތެއް ބީއެމްއެލް އިން ފަހުން ހާމަކޮށްފައެއް ނުވެ އެވެ.
ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އެރުމުގެ ސަބަބުން އެ ބޭންކުން ދޭ ފަވަރައިގެ ހިދުމަތްތައް ވެސް ވަނީ މެދުކެނޑިފަ އެވެ.
ބީއެމްއެލްގެ ކާޑުގެ ހިދުމަތްތަކާއި ޕީއޯއެސް މެޝިނުގެ ހިދުމަތް އަދި އޭޓީއެމްގެ ހިދުމަތްތައް މިދިޔަ އަހަރު ވެސް ބުރޫ އަރައި މައްސަލަ ހައްލު ކުރުން ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.
މެއިންޓަނަންސް މަސައްކަތް ކުރާތީ ބީއެމްއެލް އިން ދޭ މުހިންމު ހިދުމަތްތަކަށް ބުރޫ އަރައިފި މެއިންޓަނަންސް މަސައްކަތް ކުރާތީ ބީއެމްއެލް އިން ދޭ މުހިންމު ހިދުމަތްތަކަށް ބުރޫ އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ