އިރުފާން ޚާންގެ ހަނދާނުގައި، އިންޑިއާގެ އަވަށެއްގެ ނަން އޭނާއާ ގުޅޭ ނަމަކަށް ބަދަލުކޮށްފި

އިންޑިއާގެ މަހާރަޝްތުރާގެ ނަޝިކް ޑިސްޓްރިކްގައި އޮންނަ އަވަށަކަށް ކުރީގެ އެކްޓަރު އިރުފާން ޚާނާ ގުޅޭ ނަމެއް ދީފިއެވެ. މީގެ ކުރިން ޕަތުރަޔާޗާގެ ނަން ދީފައިވާ އަވަށުގެ ނަން ބަދަލުކުރީ، 'ހީރޯ ޗީ ވަޅީ' އަށެވެ. އެ ނަން ބަދަލުކުރަން ނިންމީ، އިރުފާނުގެ ނަން ރަމްޒުކޮށްދީ އިރުފާނުގެ ލެގަސީ ދެމެހެއްޓުމުގެ ގޮތުން އެ އަވަށުގައި ދިރިއުޅޭ ރައްޔިތުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ އަވަށުގެ ނަން ބަދަލުކުރުމަށް ބޭއްވި ކުޑަ ހަފުލާގައި ކުރީގެ އެކްޓަރު އިރުފާންގެ އަންހެނުން ސުތާޕާ ސިކްދަރު ބައިވެރިވި ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. View this post on Instagram A post shared by The Culture Gully™️ (@theculturegully) ދާދިފަހުން ޑިޖިޓަލް ކޮންޓެންޓް ތައްޔާރުކުރާ ފަރާތަކުން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި މި ވިލެޖުގެ މީހުންގެ ފަރާތުން އިރުފާންއަށް ލިބެމުން އަންނަ ލޯބި ބަޔާންކޮށްފައިވެއެވެ. މީގެ 15 އަހަރުކުރިން އިރުފާން ވަނީ މި އަވަށާ މާ ދުރުނޫން ސަރަހައްދަކުން ބިމެއް ގަނެ އެތަނުގައި ފާމްހައުސްއެއް ބިނާކޮށްފައެވެ. އިރުފާން ޚާން އަންހެނުން ސުތާޕާ ސިކްދަރު--ފޮޓޯ/ފިލްމުފެއަ ބޮލީވުޑްގެ ހަލަބޮލި ދުނިޔެއިން ހިމޭންކަން ހޯދުމަށް އިރުފާން މި ފާމްހައުސްގައި ވަރަށް ގިނަ ވަގުތު ހޭދަކުރި ކަމަށާއި އެ އަވަށުގެ ރައްޔިތުންނާ އެކު ވަރަށް ގާތް ގުޅުމެއް އެކްޓަރު ބޭއްވި ކަމަށް މި ވީޑިއޯގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ އަވަށުގެ ކުޑަކުދިންނާ އެކު މިއުޒިކް ކުޅެ އެ އަވަށުގެ މީހުންނާ އެކު ބިންމަތީގައި އިށީނދެއިނދެ އެއްވެސް ކަހަލަ ބޮޑާކަމެއް ނެތި ކެއުންތަކަށް އިރުފާން އިންސާފުކޮށްފައިވާ ކަމަށް އިންސްޓްގްރާމް ވީޑިއޯގައި ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން އިރުފާންގެ ފާމްހައުސް ހުންނަަ ހިސާބުގެ އަވަށްތަކުގެ ކުޑަކުދިންނަށް އެކްޓަރުގެ ފާމްހައުސްއަށް ޒިޔާރަތްކުރުމުގެ ދައުވަތު ވެސް އެކްޓަރު ވަރަށް ގިނައިން ދީފައިވާ ކަމަށް މި ވީޑިއޯގައި ވަނީ ބަޔާންކޮށްފައެވެ. ހަމައެއާއެކު މި ވިލެޖުގެ ރައްޔިތުންނަށް އިރުފާން ވަނީ ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި، އޭގެތެރޭގައި ރައްޔިތުންނަށް އެމްބިއުލާންސެއް ހަދިޔާކޮށް، ކޮމްޕިއުޓަރު ތަކާއި، ކިޔަވަން ބޭނުންކުރާ ފޮތްތަކާއި ފިނިމޫސުމުގައި ބޭނުންކުރާނެ އަންނައުނު ހިމެނެއެވެ. އިރުފާނު ކުރަން ބޭނުންވި މަސައްކަތްތައް ހަގީގަތަކަށް ހެދުމުގެ އެންމެ މުހިއްމު ދައުރު އަދާކުރީ އަނބިމީހާ ސުތާޕާ ކަމަށާއި އިރުފާނުގެ ހަނދާނުގައި އެ އަވަށުގެ ނަން ބަދަލުކުރި އިރު ސުތާޕާގެ މަސައްކަތްތަކުގެ މަތިން ވެސް ހަނދާންއާ ކުރުމަށް އިރުފާނުގެ ދަރިފުޅު ބާބިލް ޚާން ވަނީ އެދިފައެވެ. ބައްޕަ ނެތް ދުނިޔޭގައި ވެސް އެ އަވަށުގެ މީހުންނަށް ބޭނުންވާ ގިނަ ކަންކަމުގައި މަންމަ ސުތާޕާ އަންނަނީ އެހީތެރިވަމުން ކަމަށް ބުނެ ބާބިލް ވަނީ އިންސްޓަގްރާމް ވީޑިއޯއަށް ކޮމެންޓުކޮށްފައެވެ. ފިލްމު "ލަންޗް ބޮކްސް"، "ހައިދަރު" އަދި "ލައިފް އޮފް ޕައި"ގެ އެކްޓަރު އިރުފާން މަރުވެފައި ވަނީ ކެންސަރު ބަލީގައި 2020ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ