ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒެއް ނުފޯރުވަން: އުޝާމް

"އެއްވެސް ތަނަކުން އެ މައްސަލަ ތަހުގީގު ކޮށްފިއްޔާ އަޅުގަނޑަށް ޖަވާބުދާރީ ވެވޭނެ. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑެއް ނޯންނާނެޔޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފަކާ،" އުޝާމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ "އަހާ ފޯރަމް" ގައި މިރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވާހަކަ ދެއްކެވީ ސިޔާސީ ބޭފުޅަކަށްވާތީ ކަމަށެވެ.ހުސްނުއްސުއޫދު އެ ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅޭ މައްސަލަ އެކޯޓުން ބެލޭނެ ކަމަށް ނިންމި ހިސާބުން ފެށިގެން އެމަނިކުފާނާއި އުޝާމް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ."ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެގެން މިދިޔަ މުއްދަތުގެ ތެރޭގަ އެކިއެކި ގޮތްގޮތުން ހުސްނުއްސުއޫދު އެކިއެކި މީހުން މެދުވެރިކޮށް ރައީސްއަށް ފޮނުވާފަހުރި ސިޓީތަކާ، ރައީސާ ބައްދަލުވެގެން ދައްކާފަ ހުރި ވާހަކަތަކަށް ބަލާއިރު ހަގީގަތުގަ ނުފޫޒު ފޯރުވާފަ ހުންނާނީ އެބޭފުޅާ،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވި ބޭފުޅަކީ ސުއޫދު ކަމަށެވެ."އެއްވެސް ތަނަކުން އެ މައްސަލަ ތަހުގީގު ކޮށްފިއްޔާ އަޅުގަނޑަށް ޖަވާބުދާރީ ވެވޭނެ. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑެއް ނޯންނާނެޔޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފަކާ،" އުޝާމް ވިދާޅުވި އެވެ.އޭގެ އިތުރުން، މިހާރު ސަސްޕެންޑްކޮފައި ހުންނެވި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއަށް އިންޒާރު ދެއްވި ކަމަށް ކުރާ ތުހުމަތު ވެސް އުޝާމް ވަނީ ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއީ ރައްޓެއްސެއް ކައިރީ ވިދާޅުވި ވާހަކައެއް ކަމަށާއި، އެވާހަކަ ދެއްކީ ގޮނޑި ގެއްލޭ މައްސަލަ ކޯޓުގައި ތާވަލު ވެސް ނުކުރަނީސް ކަމަށެވެ.ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށް ސުއޫދާއި އަޒްމިރަލްދާ ހިމެނޭހެން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑް ކުރުމާއެކު ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، އަނެއް ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ