ނުކުޅެދުންތެރިކަން ހުންނަ 18 އަހަރުން ދަށުގެ 4700 އަށްވުރެ ގިނަ ކުދިން ދަފްތަރުގައި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ 4700 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީވެފައިވެއެވެ.މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކުދިންގެ ތެރެއިން އެންމެ ގިނައީ މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ ކުދިންނެވެ. އެއީ 1873 ކުދިންނެވެ. ދެވަނައަށް އެންމެ ގިނައީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1021 ކުދިންނެވެ. މީގެ އިތުރުން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 640 ކުދިންނާއި، ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 460 ކުދިން ހިމެނެއެވެ.އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނަ ކުދިން ހިމެނެނީ 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގައެވެ. މި އުމުރުފުރާގައި 1745 ކުދިން ހިމެނެއެވެ. ދެން އެންމެ ގިނައީ 5 އަހަރާއި 9 އަހަރާ ދެމެދުގެ 1631 ކުދިންނެވެ.ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދާދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ