ނިކަން ވިސްނައިލަބަލާށެވެ! ކައިވެނިކުރެވުމުން ދެމަފިރިން އެންމެ ބޮޑަށް ބޭނުންވާނީ ދެމަފިރިކަމުގެ ގުޅުމަށެވެ! ﷲ ތަޢާލާ އެކަންވެސް ލައްވަވާފައިއެވަނީ ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ! ވީމާ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމުގައި އިމެއް އެބައޮތް ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! ތިމާމެން އެކަމެއް ކުރަން އެންމެ އެދޭނެ ނުވަތަ ބޭނުންވާނެ ކަންތައް ކޮށްގެން ޘަވާބު ހޯދެންއިރު ދެމަފިރިއެއްގެ މެދުގައި ަމއްސަލައެއް ޖެހޭއިރަށް މޫނުހަދައި ދެފަރާތަށް އެނބުރިގެންތިބެ ނިދީމާ އެނަގައިލެވެނީ ތިމާމެންނަށް ލިބެންހުރި ޘަވާބުތަކެއް ނޫންހެއްޔެވެ؟ އެކަމަށް ވިސްނައިލާނަމަވެސް ހާދަ ބޮޑު ފައިދާއެއް ކުރާނެއެވެ. ދިރިއުޅުން ހާދައުފާވެރިވާނެއެވެ!
މީސްތަކުންނަށް ﷲ ތަޢާލާ ދިރުމާއި މަރުވުން ދެއްވެވި ސަބަބު އެނގިގެން ނޫނީ ހަޔާތް ކާމިޔާބެއް ނުކުރެވޭނެއެވެ. ވީމާ ކޮންމެ މީހަކީވެސް އެކަމަށް ވިސްނައި ފިކުރު ކުރަން ޖެހޭނެ މީހެކެވެ.
ﷲ ތަޢާލާ މީސްތަކުންނަށް ދިރުމާއި މަރުވުން ދެއްވެވީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ މީސްތަކުންގެ ތެރެއިން އެންމެ ގިނައިން ހެޔޮ އަމަލު ކުރަނީ ކާކުކަން ބެއްލެވުމަށެވެ. ވީމާ ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެކަން އިމްތިޙާން ކުރެވޭ ދުވަހެކެވެ.
މަރުވުމާއި ހަމައަށް މި އިމްތިޙާން ދެމިގެންވެއެވެ. އިމްތިޙާން ނިމޭނީ މަރުވުމުންނެވެ. މި އިމްތިހާނުން ފާސްވާނީ ދުނިޔޭގައި ހުންނަ ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާ އެނގެވި ގޮތުގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ.
ﷲ ތަޢާލާއަށް އަޅުކަންކުރުމަށް ބުނުމުން ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކުރަން ބޭނުންނުވާ ވިސްނުމުގެ މީހުން ތިއައީ "ހާދަ ދަހިވެތި" ކަލެއް ކަމަށް އެބަބުނެއެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ އަޅުކަންކުރަނީ ﷲ ތަޢާލާގެ މަންފާއަށް ކަމަށެވެ. އަހަރެމެންގެ ތެރެއިން ގިނަ ބައަކު އެންމެ އުފާވާ ނުވަތަ ޙާޞިލުކުރަން އެންމެ ބޮޑަށް ބޭނުންވާ އުފާކަމުގައިވާ ދެމަފިރިކަމުގެ ގުޅުން ހިންގައި ދެމަފިރިން ހިތްހަމަޖެހުން ލިބިގަތުމަކީވެސް އަޅުކަމެއްކަމެއް އެމީހުންނަކަށް ނުއެނގެއެވެ.
މިކަންކަމަށް ވިސްނައި ޝުކުރުވެރިވާ އަޅުންގެތެރޭގައިވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިނަގައިލެވެނީ ލިބެން އޮތް ޘަވާބުފުންޏެއްކަން ވިސްނޭނަމަވެސް ދެމަފިރިން މޫނުހަދައި ދެފަރާތަށް އެނބުރި ތިބެ ނިދާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ