ހައްޖު ކޯޕަރޭޝަނުން ބުނީ ދިވެހި ހައްޖާޖީން ފުރާނީ ހަތަރު ފްލައިޓެއްގައި މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ކަމަށެވެ. އެމީހުން ފުރާނީ ސައުދީ އަރަބިއާގެ ދެ ފްލައިޓަކާއި މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ.
ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
މިއަހަރު ވެސް ރާއްޖެއަށް ވަނީ 1000 ހައްޖު ކޯޓާ ލިބިފަ އެވެ. އޭގެ ތެރެއިން 50 މީހުންނަކީ ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ ފަގީރުންނެވެ.ހައްޖު ކޯޕަރޭޝަނުން ބުނީ ދިވެހި ހައްޖާޖީން ފުރާނީ ހަތަރު ފްލައިޓެއްގައި މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ކަމަށެވެ. އެމީހުން ފުރާނީ ސައުދީ އަރަބިއާގެ ދެ ފްލައިޓަކާއި މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ.ދިވެހި ހައްޖާޖީން ހައްޖަށް ފުރުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ވުމަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމާއި ހައްޖު މިޝަންގެ ބޭފުޅުން އިއްޔެ ވަނީ ފުރާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރު ދާ ދިވެހި ހައްޖުވެރިންގެ ކާޑު ލިމިޓްވެސް އިތުރުކޮށްފަ އެވެ. އެގޮތުން ކާޑު ލިމިޓުގެ 250 ޑޮކަރުގެ އިތުރުން އިތުރު 1750 ޑޮލަރު ލިބޭނެ ގޮތް ބޭންކުން ވަނީ ހަމަޖައްސާފަ އެވެ.އޭގެ އިތުރުން، ހައްޖުވެރިންނަށް ބޮޑެތި ލުއިތައް ލިބޭ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނަން ވެސް ސައުދީ އަރަބިއްޔާއިން ވަނީ ނިންމާފަ އެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދިވެހި ހައްޖުވެރިން ފުރަން ފަށާނީ މިމަހު 26 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ