މުއާސަލާތީ ގޮތުން ދުނިޔެއަށް މި އަންނަ ހަލުއިކަން ބޭނުންކުރަންވީ، ރާއްޖެ އިޝްތިހާރުކޮށް މަގުބޫލުކަން އިތުރުކުރުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ކޮންމެ އަހަރެއްގެ ވެސް މެއި 17 ވަނަ ދުވަސް ފާހަގަކުރަނީ މުވާސަލާތާއި މައުލޫމާތު ފެތުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގެ ގޮތުގަ އެވެ.
މިދުވަހުގެ މުނާސަބާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ:
މުއާސަލާތީ ގޮތުން ދުނިޔެ ދެކޭ ހަލުއި ކުރިއެރުން ބޭނުން ކުރަންވީ، ރާއްޖެ އިޝްތިހާރުކޮށް، މަގުބޫލުކަން އިތުރު ކުރުމަށް ކަމަށް
އަދި ގައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށް
މި އަހަރުގެ މުވާސަލާތީ ދުވަހުގެ ޝިއާރަކީ 'ޖެންޑަ އީކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން' އެވެ.
އެނގުން މުހިއްމު- ދައުލަތުގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، ފަހުގެ ޓެކްނޮލޮޖީއާ އެއްހަމަވާ ގޮތަށް ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ ބޮޑު މަޝްރޫއެއް ފަށާފަ އެވެ.
'ދިވެހިރާއްޖެ 2.0'ގެ ނަމުގައި ފެށި މި މަޝްރޫއުގެ ދަށުން، މުޅި ރާއްޖޭގެ އާއްމު ހިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފްކޮށް، މިނިސްޓްރީތަކާއި ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ވެސް ހިދުމަތް ދޭނީ އެކަމަށް ހާއްސަ ގާނޫނުތަކުގެ ދަށުން ޑިޖިޓަލްކޮށެވެ.
މުއާސަލާތީ ހަލުއިކަން ބޭނުންކުރަންވީ ރާއްޖެ އިޝްތިހާރުކުރަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ