އޭއައި ބޭނުންކޮށްގެން ހަދައިފައިވާ، ޝްރެޔާގެ ފޭކް އިޝްތިހާރުތަކެއް ދައުރުވާތީ ސަމާލުވުމަށް އެދިއްޖެ

އިންޑިއާގެ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލްގެ ފޭކް ވީޑިއޯތަކާއި ފޮޓޯތަކެއް އޭއައި ބޭނުންކޮށްގެން ބަޔަކު ތައްޔާރުކޮށް އިންޓަނެޓުގައި ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ޝްރެޔާ އެދިއްޖެއެވެ. ދާދިފަހުން ޝްރެޔާގެ އަމިއްލަ އެކްސް އެކައުންޓު ހެކްކުރުމާ ގުޅިގެން ވެސް ލަވަކިޔުންތެރިޔާ ވަނީ ޝްރެޔާގެ ނަމުގައި އެއްވެސް މެސެޖެއް ލިބިއްޖެނަމަ އެކަމަށް ސަމާލުވެ ތިބުމަށް ސަޕޯޓަރުންގެ ގާތު އެދިފައެވެ. މިދިޔަ އާދީއްތަ ދުވަހު އެކްސް އެކައުންޓު ހެކްކުރި މައްސަލަ ހައްލުވި ނަމަވެސް ފާހަގަވި އެއް ކަމަކީ ޓުވިޓާގައި ޝްރެޔާގެ އޭއައި ޖެނެރޭޓެޑް ފޮޓޯތަކާއި ވީޑިއޯތަކެއް އިޝްތިހާރުގެ ގޮތުގައި ދައުރުވަމުންދާ މައްސަލަ ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. މިއީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވަމުން އަންނަ މައްސަލައެއް ކަމަށާއި ޝްރެޔާގެ ނަމުގައި އޭނާގެ ޓީމުން އެއްވެސް މީހަކަށް ލިންކެއް ވެސް މެސެޖެއް ވެސް ނުފޮނުވާނެ ކަމަށް މަގުބޫލު ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. ޝްރެޔާ ގޯޝަލް މިއުޒިކް ޝޯއެއްގައި ލަވަ އައިޓަމެއް ހުށަހަޅައިދެނީ--ފޮޓޯ/ފޭސްބުކް މި މައްސަލަ ހައްލުކުރުމަށް ޝްރެޔާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި ޓުވިޓާއިން އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޝްރެޔާ ވަނީ ބުނެފައެވެ. ޝްރެޔާގެ އެފަދަ އިޝްތިހާރުތައް ލިބިއްޖެނަމަ ވަގުތުން އެކަން ރިޕޯޓު ކުރުމަށް ވެސް ލަވަކިޔުންތެރިޔާ ވަނީ ސަޕޯޓަރުން ގާތު އެދިފައެވެ. ޝްރެޔާ މިކަމާ ގުޅިގެން އެކްސް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ފޭކް ވީޑިއޯތަކާއި ފޮޓޯތައް ހުންނަ ލިންކުތަކަށް ފިތާލުމުން ސްޕޭމް މެސެޖުތައް ފެންނާނެ ކަމަށާއި އެފަދަ ލިންކުތަކަށް ނުފިއްތުމަށެވެ. އިންޑިއާގެ އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް ބެލުންތެރިންނަށް އެންމެ ފަހުން ފެނުނީ ދާދިފަހުން ސޮނީ ޓީވީއިން ނިންމާލި އިންޑިއަން އައިޑޮލްގެ 15 ވަނަ ސީޒަންއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ