މަސްތުވާތަކެއްޗާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފި
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ އެޕާޓްމަންޓަކުން މަސްތުވާތަކެއްޗާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފިއެވެ. 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ފުލުހުން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ހުޅުމާލޭގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ ކ. މާލެ, މ. އަލިހަވާ، އުމުރުން 28 އަހަރުގެ ރާއިފް ޔޫސުފާއި ރާއިގް ޔޫސުފްއެވެ. އެއްމާބަނޑު ދެބެންގެ އެޕާޓްމަންޓުން ހޯދި ތަކެތި -- ފޮޓޯ/ ފުލުހުން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުންގެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅުންހުރި ތަކެތީގެ ތެރޭގައި ފްލޭވާޑް ޕެކެޓާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކެއްގެ އިތުރުން ވަޅިއެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުތައް ކުރަމުންދާ ކަމަށެވެ. މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަކީ މުޖުތަމައުތައް އަމާންކޮށް ބެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި އާއްމު މައްސަލަތަކެކެވެ. ފާއިތުވެ ދިޔަ ރޯދަ މަހު ވެސް މަސްތުވާތަކެތީގެ 114 މައްސަލައެއް ފުލުހަށް ރިޕޯޓުކުރިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 91 މީހުން ވަނީ ރޯދަ މަހުވެސް ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ