ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތުދޭ ފަގީރުން ހޮވައިފި އެވެ.
ވީ ކިހިނެއް؟- ދައުލަތުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، މިދިޔަ އަހަރު ވަނީ 50 ފަގީރަކަށް އެ ފުރުސަތު ދީފަ އެވެ.
ތަފްސީލް - އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، މި އަހަރު ހައްޖަށް ގެންދާނެ 50 މީހުން ހޮވާފަ އެވެ.
އެ މީހުން ކަނޑައެޅީ ގުރުއަތުލައިގެން
ހައްޖަށް ގެންދަން ޝަރުތު ހަމަވާ އެންމެންގެ ނަންތައް، އެއްކޮށްލައި ގުރުއަތުން ނަމެއް ނެގި
ކޮންމެ ނަމެއް ވެސް ވަގުތުން އިއުލާނުކޮށް ދުރަށް ދެއްކި
މި ގުރުއަތުގައި އެންމެ ފުރަތަމަ ހޮވީ 50 ނަމެކެވެ. އޭގެ ފަހުން ވަނީ، އެ މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 ފަރާތެއް ހޮވާފަ އެވެ.
އެނގުން މުހިއްމު- މިދިޔަ އަހަރު ހައްޖަށް ގެންދާނެ މީހުން ހޮވި އިރު، އާމްދަނީ ލިބޭ މީހަކަށް އެ ފުރުސަތު ލިބުމުން މައްސަލަ ގޯސްވި އެވެ.
އޭރު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި:
އެ މައްސަލަ މިނިސްޓްރީން ތަހުގީގު ކުރި
ހައްޖަށް ފޮނުވާ މީހުން ކަނޑައެޅީ ކުރީ ސަރުކާރުގައި އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް ބަލައިގެން
އަދި ފަހުން ވަނީ ލިސްޓު ދިރާސާކޮށްފައި
ހިލޭ ހައްޖަށް ގެންދާ އުސޫލުގެ ދަށުން:
ފުރަތަމަ ތިން އަހަރު ގެންދާނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން
ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން
މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހިލޭ ހައްޖު ކުރުމުގެ ފުރުސަތު ލިބުމަށް 600 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވެ އެވެ.
ދައުލަތުގެ ހަރަދުގައި މި އަހަރު ހައްޖަށް ދާ ފަގީރުން ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ