ކުރިއަށް އޮތް ރަމަޟާން މަހުވެސް ކަރަންޓު އަދި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. މިކަން ރައީސް އިޢުލާނުކުރެއްވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ރޯދަމަހަށް ބަހައްޓަވާ މަސްދަޅު ކޭސްތަކުގެ ޚަރަދު ކަރަންޓު ބިލުން ނަގާނެކަމަށް ބުނެ ދޮގު މަޢުލޫމާތު ފެތުރެމުންދާކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މި ވާހަކަ މީގެކުރިންވެސް ވާނީ ދަންނަވާފައި. މިދިޔަ އަހަރުގެ 8 ޑިސެމްބަރުގައި އއ. މަތިވެރީގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާންމަހު ދިންގޮތަށް މި ފަހަރުވެސް ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ. ހަމައެކަނި އެގޮތަށް ކުރިއަށްގެންދާނަން،" ރައީސް ވިދާޅުވިއެވެ.
މިއީ ވޭތުވެދިޔަ އަހަރުވެސް ސަރުކާރުން ދެއްވި ޑިސްކައުންޓް އާ އެއްގޮތަށް މި އަހަރުވެސް ދެއްވާ ޑިސްކައުންޓެކެވެ. މި ޑިސްކައުންޓްގެ ސަބަބުން ރައްޔިތުންނަށް ރޯދަމަހު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ކަރަންޓު ބިލާއި ފެން ބިލުން މި ރޯދަމަހުވެސް ޑިސްކައުންޓް ލިބޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ