ލަންޑަން (ފެބްރުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ، އާސެނަލަށް ލީގު ރޭހުގައި ވާދަކުރުމުގެ ފުރުސަތު ހަނިވާތީ އެކަމާ އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ވެސްޓް ހޭމް އަތުން އާސެނަލް ބަލިވީ 1-0 ގެ ނަތީޖާ އަކުންނެވެ. ފުރަތަަމަ ހާފުގެ ފަހުކޮޅުގައި، ވެސްޓް ހޭމްގެ ޖެރަޑް ބޮވެން އެ ޓީމުގެ ގޯލު ޖެހިއިރު، އާސެނަލުން މެޗު ނިންމާލީ މައިލްސް ލެވިސް-ސްކެލީ އަށް ދެއްކި ރަތް ކާޑާ އެކު ކުޅުންތެރިއަކު މަދުކޮށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ އާސެނަލުން ލީގު ރޭހުގައި ވާދަކުރާ ޓީމެއްގެ ގޮތުގައި އޮތް އޮތުން އަދި ނުނިމޭ ކަމަށެވެ. އެކަމަކު، ލީގު ރޭހުގައި ދެން ވާދަކުރަން އުނދަގޫވާނެ ކަމަށް އާޓެޓާ ވަނީ ގަބޫލުކޮށްފަ އެވެ.
ވެސްޓް ހޭމް މެޗު ކާމިޔާބުކޮށް ލީގު ރޭހުގައި އާސެނަލް އަށް އެޑްވާންޓޭޖް ނަގަން ފުރުސަތު ލިބުނެވެ. އެއީ، ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި ޕޮއިންޓް ގެއްލިފައިވާއިރު، ދެން ވެސް އެ ޓީމަށް އޮތީ މެންޗެސްޓާ ސިޓީ ދަނޑުގައި ކުޅޭ މެޗު ކަމަށްވާތީ އެވެ.
"މެޗުގައި އާސެނަލް ޓީމުގެ ފެންވަރެއް ނުފެނުނު. މިހެން ކުޅެން ވެއްޖެއާ މިއީ ޕްރިމިއާ ލީގު ނެގޭނެ ފެންވަރެއް ނޫން. އަހަރެން މީގެ ޒިންމާ ނަގާނަން. އެކަމަކު އަހަރެން މިހުރީ ވަރަށް ރުޅި އައިސްފައި" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ މިއީ އާސެނަލުން ނަގާލި ބޮޑު ފުރުސަތެއް ކަމަށެވެ. އަދި އޭގެ ނަތީޖާ ފެންނަން ފަށާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެެވެ.
ލީގުގައި އާސެނަލް ދެން ކުޅޭ މެޗުގައި ރަށުންބޭރުގައި ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ.
މުހިންމު މެޗެއް ގެއްލުމުން އާޓެޓާ މާޔޫސްވެ، ރުޅިގަދަވެއްޖެ މުހިންމު މެޗެއް ގެއްލުމުން އާޓެޓާ މާޔޫސްވެ، ރުޅިގަދަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ