ބީއެމްއެލްއިން ދ. މީދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. މީދޫގައި ގާއިމްކުރި އޭޓީއެމްގެ ހިދުމަތް، ރައީސް މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިންގެ ހިދުމަތް ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި މުޖުތަމައަށް ފަސޭހަކަމާ އެކު މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.
"މި އާ އޭޓީއެމްގެ ސަބަބުން މީދޫގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޒަރޫރީ ބޭންކިންގެ މުއާމަލާތްތައް ރަށުން ކުރެވޭނެ. މީގެ ސަބަބުން މިރަށު ރައްޔިތުންގެ އަގުހުރި ވަގުތާއި ވަސީލަތްތައް ސަލާމަތްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ބީއެމްއެލުން މުޅި ރާއްޖެ ހިމެނޭ ބޭންކިންގެ ވިއުގައެއް ގެންގުޅެ އެވެ. އެގޮތުން:
20 އަތޮޅުގައި 39 ބްރާންޗު 
98 ސެލްފް ސާވިސް ބޭންކިން ސެންޓަރު
155 އޭޓީއެމް 
އޭޖެންޓު ބޭންކިން
ބޭންކުން ބުނީ އެ ތަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އީޖާދީ ބޭންކިންގެ ހައްލުތަކެއް ގާއިމުކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ