ރަމަޟާންމަހަށް މަސައްކަތް ހަލުވިކުރުމަށް ޚާއްސަ ޓާސްކްފޯސްއެއް އެމްޕީއެލްއިން އެކުލަވާލައިފިއެވެ. މިކަން މިއަދު ހާމަކުރެއްވީ އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަން އިލްޔާސް މުހައްމަދެވެ.
އިލްޔާސް ވިދާޅުވިގޮތުގައި ރަމަޟާންމަހަށް ރަނގަޅަށް ތައްޔާރުވެ، މުދާ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބެހެއްޓުމަށް ގިނަ ކަންތައްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން މާލޭގައި އިތުރު ޝެޑްތައް ޤާއިމްކޮށް، އަވަހަށް ހަލާކުވާ ޒާތުގެ ޖެނެރަލް ކާގޯ ބެހެއްޓުމަށް ވަކި އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.
"ހައިލީ ޕެރިޝަބަލް މުދާ ގޯޑައުންގައި ބެހެއްޓޭގޮތަށް ހަދާފައި ހުޅުމާލޭގައި ވަގުތީ ޓެންޓެއް ގާއިމްކޮށް، ޑްރައި ބަލްކް ބެހެއްޓޭނެގޮތަށް ވަނީ ގާއިމްކޮށްފައި. މިއީ ޕެރިޝަބަލް ކާބޯތަކެއްޗަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެއް،" އިލްޔާސް ވިދާޅުވިއެވެ.
މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. މިގޮތުން ޕެރިޝަބަލް ކާގޯ މާލޭ ކޮމާޝަލް ހާބަރުން ކްލިއަރކުރެވޭގޮތަށް ހަމަޖައްސައި، އާންމު މުދާތައް ހުޅުމާލެ ޕޯޓުން ކްލިއަރކުރެވޭގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެމްޕީއެލްއާއި ކަސްޓަމްސްގެ މުދާ ކްލިއަރކުރުމުގެ ގަޑިތައްވެސް ވަނީ އެއް ގަޑިއަކަށް ބަދަލުކޮށްފައެވެ.
މީގެއިތުރުން، ބޯޓުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ވެހިކަލްގެ ދަތިކަން ހައްލުކުރުމަށް ރީޖަނަލް ޕޯޓުތަކުގައި ހުރި އުޅަނދުތައް މާލެ ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އިލްޔާސް ވިދާޅުވިއެވެ.
ރަމަޟާންމަހަށް މަސައްކަތް ހަލުވިކުރުމަށް އެމްޕީއެލްއިން ޚާއްސަ ޓާސްކްފޯސްއެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ