މިއުނިކް (ފެބްރުއަރީ 12) - ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އެދިގެން، އެ ކްލަބުން ބަަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާގެ ސޮއި ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީގެ ހަ ވަރަކަށް އަހަރު ކުރިން ބަޔާނާ ގުޅުނު މުސިއާލާ، 21، ބަޔާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. އެހެންވެ، ބަޔާނުން އަންނަނީ މުސިއާލާގެ ކޮންޓްރެކްޓް އާ ކުރެވޭތޯ މަަސައްކަތް ކުރަމުންނެވެ. އެކަމަކު، މިހާތަނަށް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭގޮތެއްނުވި އެވެ. އެހެންވެ، ގިނަ ކްލަބްތަކުން އަންނަނީ އޭނާ ހޯދުމުގެ ރޭހަށް ވަންނަމުންނެވެ.
ބާސެލޯނާގެ ކޯޗު ފްލިކް ވަނީ، މުސިއާލާ އަށް ބަޔާން އާއި ޖަރުމަނު ގައުމީ ޓީމުގައި ކޯޗުކޮށްދީފަ އެވެ. ބާސެލޯނާގައި މުސްތަގުބަލަށް ވަރުގަދަ ޓީމެއް ބޭއްވުމުގެ ގަސްދުގައި، ފްލިކް ވަނީ މުސިއާލާގެ ސޮއި ހޯދަން ބާސެލޯނާގެ މެނޭޖްމަންޓުގައި އެދިފަ އެވެ.
ނުވަ ވަރަކަށް އަހަރު ޗެލްސީ އެކެޑަމީގައި ހޭދަކުރި މުސިއާލާގެ ސޮއި ބަޔާނުން ހޯދީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ. އިނގިރޭސި ޔޫތު ޓީމުތަކަށް ކުޅެފައިވާ މުސިއާލާ، ސީނިއާ ޕްރޮފެޝަނަލް ލެވަލްގައި ޖަރުމަނު ޓީމަށް ކުޅެން ނިންމީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
ބާސެލޯނާ އިން މުސިއާލާ ގެންނަން ވާހަކަ ދައްކަނީ، އޭނާގެ ކޮންޓްރެކްޓް ހަމަވުުމުން ހިލޭ ޓްރާންސްފާއެއްގައި އެ ޓީމާ ގުޅޭގޮތަށެވެ. އެއީ، އޭގެ ކުރިން، ބޮޑު ޓްރާންސްފާ ފީއެއް ދީފައި، މުސިއާލާގެ ސޮއި ހޯދޭ ވަރަށް ބާސެލޯނާގެ މާލީ ހާލަތު ތަންނުދޭތީ އެވެ.
ފްލިކް އެދިގެން ބާސެލޯނާ އިން މުސިއާލާއާ މަޝްވަރާކުރަނީ ފްލިކް އެދިގެން ބާސެލޯނާ އިން މުސިއާލާއާ މަޝްވަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ