ހުޅުމާލޭގައި ސްކޫލަށް ދިޔަ 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްކޫލަކަށް ދިޔަ 15 އަހަރުގެ ކުއްޖަކު މިއަދު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، ސްކޫލަށް ދިޔަ މި ކުއްޖާ ގެއްލިގެން ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު އެވެ.
ތަފްސީލް - ފުލުހުން ބުނީ:
އެ ކުއްޖާ ސްކޫލަށް ދިޔައީ ހިޔާ ޓަވަރު 8 އިން
އެކަމަކު ކުއްޖާ ސްކޫލަށް ނުވަންނަކަން ވަނީ ކަށަވަރުވެފައި
ފުލުހުން ބުނި ގޮތުގައި، މި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެ ތަނާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލު ވެސް ގުޅިގެންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - ހުޅުމާލޭ ސްކޫލެއްގައި ގްރޭޑު އެކެއްގެ ދަރިވަރަކު ސްކޫލު ގަޑީގައި ސްކޫލުގެ ގޭޓުން ނިކުމެގެން ދިޔަ މައްސަލައެއް މިދިޔަ މަހު 30ގައި ވަނީ ފެންމަތިވެފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުއްޖާއަށް ގޭޓުން ބޭރަށްދާން ފުރުސަތު ލިބުނު ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ