ސުޕްރީމް ކޯޓަަށް ޝަހީދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި ސުޕްރީމް ކޯޓަަށް ޝަހީދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވެވި ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އަައްޔަނުކުރުމާ މެދު ގޮތެއް ނިންމުން ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ޝަހީދު އައްޔަނުކުރަން ރައީސް ފޮނުއްވެވީ, އެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން އޭނާ އައްޔަނުކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސަށް މަޝްވަރާ ދިނުމާ ގުޅިގެންނެވެ.
ޝަހީދުގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިޔުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އާއި ގާނޫނީ ވަކީލު ރުސްދުالله އިބްރާހިމެވެ.
ޝަހީދު ފަނޑިޔާރުކަަމަށް އައްޔަނުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއް ކަނޑައަޅާނީ ޖުޑީޝަލް ކޮމިޓީން އޭނާގެ ނަން ދިރާސާކުރުމަށް ފަހު ތަޅުމަށް ފޮނުވާ ރިޕޯޓަށް ވޯޓަށް އަހައިގެންނެވެ.
ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ޖުލައި 24, 2018، ގައި އެވެ. އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތައް އޭނާއާ ވަގުތީ ގޮތުން ހަވާލުކުރީ, ނޮވެމްބަރު 18, 2022، ގަ އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި އޭނާ ހަމަޖެއްސީ އޮކްޓޫބަރު 24, 2023، ގަ އެވެ.
ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީ އާއި ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ތަޖުރިބާކާރު ފަނޑިޔާރެކެވެ.
ހައި ކޯޓަގެ ފަނޑިޔާރަކަށް ވަޑައިގެންނެވުމުގެ ކުރިން, އޭނާ ފުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވީ, އެ ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަޒު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އެ ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ