ދުނިޔެ ލިބިގަތުމަށް އިސްކަންދީގެން އުޅެންފަށައިފި މީހަކަށް ﷲ ތަޢާލާ ކުރިމަތިކުރައްވަވާނެ މުޞީބާތްތަކުގެ ތެރެއިން 4 މުޞީބާތް!

ތިމާ ދުނިޔޭގައި އުޅުމުގެ ބޭނުމަކީ ދުނިޔެ ލިބިގަތުން ކަމުގައި ހަދައިފި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ މުޞީބާތްތައް ކުރިމަތިކުރައްވަވާނެތެވެ. ފާހަގަކޮށް މިލަނީ އެއިގެ ެތެރއިން 4 މުޞީބާތެކެވެ. 
1 ތަނަވަސްކަން އިތުރުކުރުމުގެ ދަހިވެތިކަން ބޮޑުވެ އަބަދުވެސް އެކަމަށް ވިސްނަންޖެހުން. އެކަމުގެ ދަހިވެތިކަން އަބަދުވެސް ބޮޑުވަމުން ދިއުން. 
2 ފައިސާ ހޯދަން މަސައްކަތްކުރާ ވަޤުތު ގިނަކުރާވަރަކަށް އެނޫންކަމަކަށް ވިސްނަންވެސް ފުރުޞަތު ނުލިބި އަބަދު އެކަމަށް ވިސްނަން ޖެހުން 
3 އޭނާއަށް ތަނަވަސްކަން އިތުރުވާވަރަކަށް ކުރަންޖެހޭ ޚަރަދުތައް ގިނަވުން. ފައިސާ ކިތަންމެ ގިނައިން ޖަމާވިޔަސް އެކަމުން ހިތްހަމަޖެހުމެއް ނުލިބުން. 
4 އާޚިރަތް ދުވަހާއިމެދު ވިސްނައިލާނެ ވަޤުތުކޮޅެއްވެސް ނުލިބުން. އާޚިރަތްމަތިން ހަނދާންވިޔަސް އެކަމަށް ސަމާލުކަން ނުދެވި ދުނިޔޭގެ އެދުންތަކަށް ސަމާލުކަން ދެވުން 
މުސްލިމުންނަށް އޮތީ ހަމައެކަނި ދުނިޔެ ނުވަތަ ހަމައެކަނި އާޚިރަތް ލިބިގަންނަން މަސައްކަތްކުރުމެއް ނޫނެވެ. ދުނިޔެއާއި އާޚިރަތް ލިބިގަންނަން މަސައްކަތްކުރުމެވެ. އެހެންވެ އަހުރެމެންނަށް އެންމެ ގިނައިން ކުރަން އޮތް ދުޢާއަކީވެސް ދުނިޔެއާ އާޚިރަތް ދެއްވެވުން އެދިގެން ކުރާ ދުޢާއެވެ. 
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 
""އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ."
(އަލްބަޤަރާ: 201) 
ވީމާ ހަމައެކަނި ދުނިޔެއަށް އެދިގެން މަސައްކަތްނުކުރާށެވެ. އެމީހަކަށް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވާތީއެވެ. ފަށަމުން މިބަޔާންކުރީ އެފަދަ މީހުންނަށް ކުރިމަތިވާނެ މުބީބާތްތަކެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ