ކޮމިޝަނަށް ދޮގު ބަޔާން ދިން ދާއޫދު މަގާމުން ވަކިކޮށްފި

ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ވަނީ ދާއޫދުއަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.
ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދު މަގާމުން ވަކިކޮށްފި އެވެ.
ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ދާއޫދު އަހްމަދު ޒިލާލް އަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެކަންކަން އިތުރަށް ތަހުގީގުކުރަން ލަފާ ދީފި އެވެ. ދާއޫދު އަށް ތުހުމަތު ކުރަނީ ކޮމިޝަނަށް ދޮގު ބަޔާން ދިން މައްސަލައެގަ އެވެ. ދާއޫދުތައް ކުރާ އެއް ތުހުމަތު - ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުމަކީ ގާނޫނުލްއުގޫބާތުގެ އަދަބު ކަނޑައަޅާފައިވާ ކުށެކެވެ. މިއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ. އަދި އެންމެ މަތީ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.އޭޕްރީލް 18 ގައި ޔުމްނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއަށް ފަހު އެ މައްސަލަ ހޫނުވެގެން ހިނގާ ދިޔަ ކަންތައްތަކުގައި ދާއޫދު މިހާތަނަށް ހުރީ ސަސްޕެންޑުކޮށްފަ އެވެ. އޭނާއަކީ ޔޫތު ކައުންސިލުގެ ވެސް މެންބަރެކެވެ. އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.  ދާއޫދު މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ތަން ފެންނަ ފޮޓޯ އާއި ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. މި މައްސަލާގައި ޔުމްނުއާ އެކީ އޭނާ ވެއްޓުނު އިމާރާތަށް ވަނީ ދާއޫދުގެ ކޮއްކޮ ރަައުދު އަހުމަދު ޒިލާލް އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ